ހިތަދޫ އައިލެންޑް ޓީވީ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުގައި ރޯވެފައިވާ އަލިފާން ގަނޑު ހިތަދޫ ފަޔާ އެންޑް ރެސްކިއު ސާވިސްގެ މުވައްޒަފުން މިހާރު ވަނީ ނިއްވާލާފައެވެ.
ކާރުގައި ރޯވެފައިވަނީ ގަމަށް ގޮސްފައި އެނބުރި އައިފަހުން މާގިނަ އިރުތަކެއް ނުވަނީސް ކަމަށް ވެއެވެ. ހިތަދޫގެ ގަރާޖެއްގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި އެ ކާރުގައި ރޯވެފައިވަނީ އިންޖީނު މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
ކާރުގައި ރޯވި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.