Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ސިހުރުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ ރަށުގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ، ވ. ކެޔޮދޫ، ތިބުރޯޒުގޭ، މުޙައްމަދު ޢަބްދުލްކަރީމް، 34، އެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.