Last Updated: July 25, 09:20
Saturday, July 25, 2026
ޚަބަރު

ވިލިގިއްޔަށް އެތެރެ ކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ގއ. ވިލިނގިލީއްޔަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.

އެ ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު މާލެ އިން ވިލިނގިއްޔަށް ދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތް ކުރުމުން ކޯޓު އަމުރެއްގެ ދަށުން ބޯޓު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަމާއި ކޮން ބާވަތެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ވެސް ނުކުރެ އެވެ. އެކަމަކު ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.