Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފިޝަރީޒްގެ ޑެޕިއުޓީއަކު އިސްތިއުފާ ދީފި

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްޔިއުފާ ދެއްވީ އަހުމަދު ޝާފިއު އެވެ. މިއަދު އިސްތިއުފާ ދީފި އެވެ. އެކަމާ ގުޅޭ ގޮތުން އޭނަ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ ކަންކަން ހައްލުކޮށް ދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

"ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުންމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން." އިތުރު ތަފުސީލަކަށް ނުގޮސް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރަކީ އަހުމަދު ޝިޔާމެވެ.