Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ޕްރެޒިޑެންޓް ކަޕް: "އީގަލްސް އޮތީ މިއަދުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެގެން"

ޕްރެޒިޑެންޓް ކަޕްގެ ދެވަނަ މެޗްގައި ވިކްޓްރީ އާއި ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޢަނީ (ސާންތި) ބުނެފިއެވެ.

ސާންތި ބުނީ ޓީމްގެ އިންޖަރީގެ މައްސަލައެއް ނެތް ކަމަށާއި، މުބާރާތަށް ރަގަޅަށް ތައްޔާރުވެފައިވާ ކަަމަށެވެ. އަދި ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ރަނގަޅު ފޯމެއްގައި ކަމަށް ސާންތި ބުންޏެވެ.

އީގަލްސްގެ ޑިފެންޑަރ ބެންޖޯ އައްޑޫ ޓާފްގައި ޕްރެކްޓިސް ކުރަނީ
އީގަލްސްގެ ޑިފެންޑަރ ބެންޖޯ އައްޑޫ ޓާފްގައި ޕްރެކްޓިސް ކުރަނީ

"ކެއުން، އެކަމަޑޭޝަން ހުރިހާ ކަމެއް މިކޮޅުގައި މިދަނީ ވަރަށް ރަނގަޅަށް. އެއްްވެސް މަައްސަލައެއް ނެތް. އަޅުގަނޑުމެން މިތިބީ މިއަދުގެ މެޗާއި އެކު ރަނގަޅު ފެށުމަކުން މުބާރާތް ފަށައިގަންނަން"

ސާންތި ބުނީ އީގަލްސް އަންނަނީ ރާއްޖޭގެ ބޮޑެތި ޓީމުތަކާ ރަނގަޅު ވާދައެއް ކުރަމުން ކަމަށާއި، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ތަށްޓާ ހަމަޔަށް އެ ޓީމަށް ދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

DSC_4267
ސާންތީ ބުނީ ޕްރެޒިޑެންޓްސް ކަޕް މާލޭން ބޭރުގައި ކުޅެން ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި އެކޮމަޑޭޝަނާއި ކެއުމާ މެދު ޝަކުވާކުރުމަކީ މާ ކުރީގެ އުސޫލެއް ކަމަށެވެ. ނަމަވެސް މުބާރާތް އައްޑޫގައި އިޝްތިހާރު ކުރެވިފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ސާންތި ފާޅު ކުރިއެވެ.

ވިކްޓްރީ އާއި އީގަލްސް މިއަދު ބައްދަލު ކުރާއިރު އިއްޔެ މާޒިޔާ އާއި ވެލެންސިއާ ބައްދަލު ކުރި މެޗް 2-0 ލަނޑުން ކާމިޔާބްކޮށް މާޒިޔާގެ ފެށުން މިވަނީ ރަނގަޅު ކޮށްފައެވެ.

މިއަދުގެ މެޗް ވެސް ފަށާނީ ހަވީރު 4 ޖަހާއިރު އައްޑޫ ސްޓޭޑިއަމްގައެވެ.