Last Updated: April 30, 23:11
Thursday, May 1, 2025
ޚަބަރު

ކެނަބިސް ޓްރެފިކްކުރި މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކްކުރި މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މ. ރިހިވިދުވަރުގެ، މާލެ، އަސްޢަދު ޢަލީ، 31، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ އަސްއަދުގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަކް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުހެ 16 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.