Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފި

މިރޭ ހިނގި އެކްސިޑެންޓް:. ފޮޓޯ. ކިޔުންތެރިއެއް

އައްޑޫ ސިޓީ ހިތަދޫގައި ލައިސަންސް ނެތް ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މަގުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ގަސް މުށިގަނޑެއްގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި، ޒަޚަމްވި ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާކަމަށް މިވަގުތު ހޮސްޕިޓަލުގައި ހުރި 'އައްޑޫލައިވް'ގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.

މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: އަބްދުﷲ އާމިރް
މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: އަބްދުﷲ އާމިރް

މިދިޔަ ހޯމަ ދުވަހު ވެސް އައްޑޫގައި ސްކޫލް ކުއްޖަކު ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.