Last Updated: May 1, 18:22
Thursday, May 1, 2025
ޚަބަރު

އެމްޓީސީސީގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފި

އެމްޓީސީސީގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ބޯޑަށް އައްޔަންކުރީ ހުޅުމާލެ، ހިޔާ, 8-01-04 ޔާސީން ހުސައިން ކަމަށެވެ.

އޭނަ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓުގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޓީސީސީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފައި މި ވަނީ ކުރިން ބޯޑުގައި ކުރިން ހުންނެވި، ސިނާން އަލީ، އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް މިދިޔަ މަހުގެ ތެރޭގައި ބަދަލު ކުރެއްވުމާ ގުޅިގެންނެވެ.

އެމްޓީސީސީގެ ބޯޑުގައި މިހާރު ތިއްބަނީ ޗެއާމަން މުހައްމަދު އަފީފް ހުސައިނާއި މެނޭޖިން ޑިރެކްޓަރު/އެގްޒެކެޓިވް ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު/ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި ނޮން އެގްޒެކެޓިވް ޑިރެކްޓަރު އަލީ ނާއިލާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކޮށްފައިވާ ނޮން އެކްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދުގެ އިތުރުން ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނެވެ.