Last Updated: April 30, 20:17
Wednesday, April 30, 2025
ޚަބަރު

ބްލަޑް ސާވިސެސްގެ އިސް މަގާމަކަށް މީހަކު ހޯދަނީ

މޯލްޑިވިއަން ބްލަޑް ސާވިސެސް އެމްބީއެސް) ގެ އިސް މަގާމަކަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަން ބުނީ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 21884ރ. އެވެ. މީގެ އިތުރުން މަގާމުގެ އެލެވަންސްގެ ގޮތުގައި މަހަކު 12534ރ. އާއި ހާޒިރީ އެލެވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަހަކަށް 339ރ. ވެސް ލިބޭނެ އެވެ. އަދި އެހެނިހެން އެލަވަންސްގެ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބޭނެ އެވެ.

ސީއެސްސީން ބުނީ ޑިރެކްޓަ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ. އިންޓަވިއު ބާއްވާނީ މި މަހުގެ 20 އާއި އަންނަ މަހުގެ 15 އާ ދޭތެރޭގަ އެވެ.