Last Updated: April 30, 17:11
Wednesday, April 30, 2025
ޚަބަރު

އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

ދެ ދުވަހުގެ ތެރޭގައި އަތުލައިގަތް ބިދޭސީންގެ އަދަދު 16 އަށް އަރަ އެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެ މާލޭގެ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށް، އެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 8 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.

އަދި އިއްޔެ ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އެ އޮޕަރޭޝަންގައި ވެސް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 8 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ 2023 ގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެގޮތުން އަތުލައި ގަތް ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.