Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި މާލޭގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބިނީ ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން މި ވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވި އިރު، މާލެ ސަރަހައްދު ހިމެނޭ ކ. އަތޮޅު ހިމެނޭ ގޮތަށް އެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެއީ މެންދުރު ފަހު 2:00 އާ ހަމައަށެވެ.