Last Updated: June 8, 19:00
Monday, June 8, 2026
ޚަބަރު

ވަގަށް 50،000ރ. ޓްރާންސްފާކުރި މީހަކު ހައްޔަރަށް

މީހެއްގެ ފޯނު ވަގަށް ނަގައިގެން 50000 އަށް ވުރެ ގިނަ ރުފިޔާ ޓްރަންސްފާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ނ. ޅޮހީ، ފެހިވިނަ، އަބްދުﷲ ސާއިފް، 25 ކަމަށެވެ.

ފޯނު ވަގަށް ނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަމިއްލަ އެކައުންޓް 50،000 އަށް ވުރެ ގިނަ ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ސާއިފު އިއްޔެ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މީގެ ކުރިން ވެސް މީސްމީހުންގެ އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފާކުރި މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.