ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ އެނިމޭޓެޑް ފިލްމު ސީރީޒް "އެންގްރީ ބާޑްސް މޫވީ" ގެ ތިން ވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.
މިކަން އިއްޔެ އިއުލާންކޮށް އެ ފިލްމު ހަދާ ކޮލަމްބިއާ ޕިކްޗާސް އިން ބުނީ ތިން ވަނަ ބައި ބެލުންތެރިންނަށް ގެނެސްދޭނީ ޖެނުއަރީ 29، 2027 ގައި ކަމަށެވެ. "އެންގްރީ ބާޑްސް މޫވީ 3" ޑައިރެކްޓް ކުރަނީ ޖޯން ރައިސް އެވެ.
މި ފިލްމަށް އަޑު އަޅައިދޭން ހަމަޖެހިފައިވާ ފަންނާނުންގެ ތެރޭގައި ޖޭސަން ސުޑީކިސް ޖޯޝް ގޭޑް، ރެޗެލް ބްލޫމް، ޓިމް ރޮބިންސަން، ނިކީ ގްލޭޒާ، އެމާ މިއާސް، ކެކީ ޕާލްމާ އަދި ލިލީ ޖޭމްސް ހިމެނެ އެވެ.
"އެންގްރީ ބާޑް މޫވީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2016 ގަ އެވެ. ޖުމްލަ 73 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 352.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެ ޑައިރެކްޓްކުރީ ކްލޭ ކޭޓިސް އާއި ފާގަލް ރެއިލީ އެވެ. "އެންގްރީ ބާޑްސް މޫވީ 2" ތުރޮޕް ވެން އޯމަން ޑައިރެކްޓްކޮށް ގެނެސްދިނީ 2019 ގަ އެވެ. ޖުމްލަ 65 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 152.8 މިލިއަން ޑޮލަރެވެ.