Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރައީސްގެ ޔޫކޭ ދަތުރަށް 153،000ރ. ހޭދަވި

މި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް 153،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަވި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި މަހުގެ 1-5 އަށް ކުރެއްވި އެ ދަތުރަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ލިވަޕޫލް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިން ފެއްޓެވުމަށް ކުރެއްވި ދަތުރެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މި ކެމްޕޭނަނީ ލިވަޕޫލާއި އެމްއެމްޕީއާރްސީގެ އިތުރުން އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

އެގޮތުން ރައީސް އިނގިރޭސިވލާތަށް ކުރެއްވި ދަތުރަށް ޖުމްލަ 153،689.92ރ. ހަރަދުވެފައިވެ އެވެ.