Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޒަކާތުން ފަލަސްތީނަށް ކާބޯތަކެތި ފޯރުކޮށް ދީފި

މި އަހަރުގެ ފިޠުރު ޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށް ދީފި އެވެ.

ރާއްޖޭގެ ޒަކާތު ހައުސްއިން އެ ފައިސާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯއިއޭޝަނާ އެވެ.

އެ އެސޯސިއޭޝަނާއި ފަލަސްޠީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން މި އެހީ މިހާރު ވަނީ ފަލަސްޠީނު ރައްޔިތުންނާ ހަމައަށް އެހީ ފޯރުކޮށް ދީފަ އެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް މީގެ ކުރިން ވެސް ފަލަސްތީނަށް ގިނަ އެހީތަކެއްވެ ދީފައިވެ އެވެ.