Last Updated: April 30, 17:11
Wednesday, April 30, 2025
ޚަބަރު

އައިޕީޔޫގެ މަގާމުތަކަކަށް ރާއްޖޭގެ 3 މެންބަރަކު

އިންޓަޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ތިން މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު އިންތިޚާބުވެވަޑައިގެންފި އެވެ.

ތިން މެމްބަރަކު އައިޕީޔޫގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގަތީ އުޒްބަކިސްތާނުގައި ކުރިއަށް ދިޔަ އައިޕީޔޫގެ 150 ވަނަ އެސެމްބްލީގެ ތެރެއިންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބުކޮށްފައި ވަނީ ބިއުރޯ އޮފް ވިމެން ޕާލަމަންޓޭރިއަންސްއަށެވެ. ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އިންތިޚާބުކޮށްފައި ވަނީ ވޯކިން ގްރޫޕް އޮން ސައިންސް އެންޑް ޓެކްނޮލިޖީއަށެވެ. މީގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އިންތިޚާބުކޮށްފައި ވަނީ ސްޓޭޑިން ކޮމެޓީ އޮން ޕީސް އެންޑް އިންޓަނޭޝަނަލް ސެކިއުރޓީއަށެވެ.

މި މަޤާމުތަކަށް އެ ތިން މެންބަރުން ވެސް އިންތިޚާބުވެވަޑައިގެންފައި ވަނީ ހިރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ގްރޫޕް ތަމްޞީލު ކުރުމަށެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައިޕީޔޫގެ އެކި މަޤާމުތައް އަދާކުރައްވާފައިވެ އެވެ.

އައިޕީޔޫގެ 150 ވަނަ އެސެމްބްލީ އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓުގައި ކުރިއަށްގެން ގޮސްފައިވަނީ މި މަހުގެ 5-9 އަށެވެ.

އައިޕީޔޫ އަކީ މިނިވަން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމްޢިއްޔާއެކެވެ. އެ ޖަމިއްޔާ 1989 އުފެއްދި އިރު، ރާއްޖޭގެ މަޖިލިސް އިން އޭގައި ބައިވެރިވީ 2005 ގަ އެވެ.