Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ބިދޭސީންތަކެއް މާރާމާރީ ހިންގައިފި

ދެ ބިދޭސީއަކު މާރާމާރީ ހިންގި މައްސަލައެެއްގައި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކެފޭއެއްގައި ރޭ ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައާ ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:08 ހާއިރު އެވެ.

މާރާމާރީ ހިންގީ ނޭޕާލް މީހާ އާއި ބަންގްލަދޭޝްގެ މިހަކާ ދެމެދު އެވެ. އެ މާރާމާރީ ބަންގްލަދޭޝް މީހާ އަށް އަނިޔާތަކެއް ލިބުނު ނަމަވެސް ސީރިއަސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީތައް ވަރަށް ގިނަ އެވެ.