Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުންގ ބުނީ ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯ ނުވެ ހިނގި ހާދިސާގައި މަރުވީ މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް، 30، ކަމަށެވެ.

އޭނަ އެކްސިޑެންޓްވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:40 ހާއިރު އެވެ.

ނައުޒަމް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރު އެވެ.