Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޒަކާތު ފަންޑް ސްކޮލަޝިޕް ސްކީމަށް ހުޅުވައިލަނީ

ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތައް މި ހަފުތާގެ ތެރޭގައި އިއުލާން ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މި ސްކޮލަޝިޕް ސްކީމްގެ ތެރެއިން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީގެ ގިނަ ފުރުސަތަކަށް ހުޅުވައިލާނެ ކަމަަށެވެ. އަދި މެޑިސިންގެ ދާއިރާ އިން ސުޕަ ސުޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް ސްކޮލަޝިޕްގެ ސްކީމުން ފުރުސަތު ހުޅުވައިލާނެ އެވެ.

ޝަހީމު ވިދާޅުވީ މި ފުރުސަތު ހުޅުވައިލަނީ "ޒަކާތު ފަންޑުގެ ފީސަބީލިﷲ ބައިން ފަންޑުކުރާ ގޮތަށް ކަމަށެވެ.

"ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމް ދީނަށް ލިބިގެން ދިޔަ ނަސްރެއް.' މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރަކީ ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަޖަށް ފައިސާ ލިބުނު އަހަރެވެ. އެގޮތުން ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ.