Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޑޮލަރު މާރުކުރަން ކަމަށް ބުނެ ފައިސާ ނެގި މީހަކު ހޯދަނީ

ޑޮލަރު މާރުކުރަން ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަން ފުލުހުން އިއުލާންކުރީ މާލެ، ހ. ހަވިއްގަ އަލީ އާޒިމް، 43، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން ތަހުގީގަށް މީހަކު ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށްދިއްގަ ރު ޕޮލިސް ސްޓޭޝަން އާޒިމް ހާޒިރުވާން އަންގާފައިވެ އެވެ.