Last Updated: May 8, 13:19
Thursday, May 8, 2025
މުނިފޫހިފިލުވުން

'ދަމާލް 4' ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ދަމާލް" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން ފަށައިފި އެވެ.

މިއީ ޓީ ސީރީޒަށް އިންދަރު ކުމާރު ޑައިރެކްޓްކުރާ ފިލްމެކެވެ. "ދަމާލް" ގެ ތިން ވަނަ ބަޔަކީ 2019 ގައި ގެނެސްދިން "ޓޯޓަލް ދަމާލް" އެވެ.

އާ ފިލްމުގެ ޝޫޓިން ފެށި އިރު، މީގެ ކާސްޓްގައި ކުރީގެ މައިގަނޑު ކާސްޓް ހިމެނެ އެވެ. އޭގެ ތެރޭގައި އަރުޝަރު ވަރްސީ، ޖާވިދް ޖެފްރީ، ރިތޭޝް ދޭޝްމުކްގެ އިތުރުން އަޖޭ ދޭވްގަން ހިމެނެ އެވެ. "ދަމާލް 4" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ކިޝަން، ސަންޖޭ މިޝްރާ، ސަންޖީދާ ޝެއިހް އަދި އަންޖަލީ އާނަންދު ހިމެނެ އެވެ.

މި ފިލްމުގެ ކާސްޓްގައި "ޓޯޓަލް ދަމާލް" ގެ ބަތަލާ މަދޫރީ ޑިކްސިޓް ހިމެނޭނެމުގެ އަޑުތަކެއް ކުރިން އެރި ނަމަވެސް، އާ ފިލްމުގައި އޭނަގެ އިތުރުން ތިން ވަނަ ބައިގެ ރޯލެއް ކުޅުނު އަނިލް ކަޕޫރު ވެސް ނުހިމެނެ އެވެ.

"ދަމާލް" ގެ ފުރަތަމަ ބައި 2007 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި "ޑަބަލް ދަމާލް" ގެނެސްދިނީ 2011 ގަ އެވެ.

އިންދަރްގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ އާއި ސިދާތު މަލްއުތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގްއާ އެކު 2022 ގައި ގެނެސްދިން "ތޭންކް ގޯޑް" އެވެ. އޭނަ އަކީ "ދިލް" ބޭޓާ"، "ރާޖާ"، އިޝްގް"، "މަން" އަދި "މަސްތީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.