Last Updated: April 30, 23:11
Wednesday, April 30, 2025
ޚަބަރު

ޑްރަގާ އެކު 56 އަހަރުގެ މީހަކު ހައްޔަރަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން 56 އަހަރުހެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ، ސަނީސައިޑް، އަލީ ޝަރުޖީލު އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯ ލުކުރަމުން ދިޔައިރު، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށް ކަމަށެވެ. އެގޮތުން ޝަރުޖީލު ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.