Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ދުންފަތް މަނާކުރަން ނިންމީ 18 އަހަރުން ދަށަށް

ދެހާސް ހަތެއްގެ ފަހުން އުފަންވި އަދި އުފަންވާ މީހުން ނުވަތަ އަށާރަ އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތު މިނިސްތްރީން ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެގޮތުންގެ ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން ނިންމި އިރު، ތިން ހުށަހެޅުމަސް ރައީސް އާންމުންގެ ހިޔާލަށް ވެސް ހުށަހެޅުއްވި އެވެ. އެއީ ޖެނުއަރީ 1، 2000 ގެ ފަހުން އުފަންވި އަދު އުފަންވާ މީހުންނާއި ޖެނުއަރީ 1، 2004، ގެ ފަހުން އުފަންވި ނުވަތަ އުފަންވާ މީހުންނަށް ދުންފަތް އެއްކޮށް މަނާކުރުމެވެ.

ސަރުކާރުން ނިންމި "ޖެނެރޭޝަނަލް ބޭން" ގެ ބޭނުމަކީ ރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުުރުމެވެ. އެގޮތުން ނިންމެވި ނިންމެވުން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ކެބިނެޓުން އިއްޔެ ނިންމަވާފަ އެވެ. އެގޮތުން ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމައިފަ ވެ.

އެގޮތުން އުސޫލަށް އަމަލު ކުރަން ފަށާނީ ނޮވެންބަރު 1، 2025 އިން ފެށިގެންނެވެ.