އެމެރިކާގެ ޕެންސިލްވީނިއާ ސްޓޭޓްގެ ގަވަނަރުނަރު ޖޯޝް ޝަޕީރޯގެ ގޭ ރޯކޮށްލައިފި އެވެ.
އާއިލާ ނިދާފައި ތިއްބައި އިިއްޔެ ރޭ ގޭގައި ރޯކޮށްލި ހާދިސާއާ ގުޅިގެން މިހާރު ވަނީ ކޯޑީ ބާމާ ކިޔާ 38 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނަގެ މައްޗަށް ވަނީ ދައުވާތަކެއް ވެސް އުފުލައިފަ އެވެ. އެއީ ފަސްތުގައި ބަޔަކު މަރާލަން އުޅުމާއި ގަސްތުގައި ހުޅުޖެހުމާއި ޓެރަރިޒަމްގެ ދައުވާ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަވަރުނަރުގެ ގޭގައި ރޯކޮށްލި އިރު، އެ ގޭގައި ދިރިއުޅެނީ ގަވަރުނަރާއި އަނބިކަނބަލުންނާއި ހަތަރު ކުދިންނެވެ. ގޭގައި ރޯކޮށްލި ހާދިސާއާ ގުޅިގެން އެ އާއިލާ ވަގުތީ ހިޔަލަކަށް ބަދަލުވެފައިވާ އިރު،، ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ޖޯޝް، 51، އަކީ ޑިމޮކްރެޓިކް ޕާޓި އަށް ނިސްބަތްވާ ބޭފުޅެކެވެ. ކުރިން ޕެންސިލްވީނިއާގެ އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވި ޖޯޝް އެ ސްޓޭޓްގެ ގަވަރުނަރުގެ މަގާމަށް ވަޑައިގަތީ 2023 ގަ އވެ.