ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ސީރީޒް "ފެށުމާއި ނިމުން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ޖުމްލަ 10 އެޕިސޯޑްގެ މި ސީރީޒް އަކީ މީޑިއާނެޓްގެ އެމްއެސް ވީޑިއޯކުލަބުން ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. "ފެށުމާއި ނިމުން" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.
މިއީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ސީރީޒް "ރޯލީމޭ" ވެސް ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ހަމަ އެ ސީރީޒްގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
"ފެށުމާއި ނިމުން" ގެ ލީޑް ތަރިިންނަކީ "ޝަރަފު އަބްދުﷲ އާއި އައިމިނަތު ޝުހާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މޫސާ އަލީފް، ހުސައިން ސާމީ، ދަރާ މުހައްމަދު ރަޝީދު ފައިނާ އަދި މުހައްމަދު އަފްރާހް ހިމެނެ އެވެ.
"ފެށުމާއި ނިމުން" ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.