Last Updated: April 30, 18:48
Wednesday, April 30, 2025
ޚަބަރު

ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފި

ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފި އެވެ.

ޕީޖީ އޮފީހުން ހިފަހައްޓަމުން އަންނަ އަހްލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއްގައި ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކުރި އެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

އެކަމަކު ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑް ކުރީ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލައި ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލާގައި ފުލުހުން ވެސް ބަލަން ޖެހޭ ބެލުންތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.