Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އައްޑު އަށް ޒިޔާރަތް ކުރާ ދެވަނަ ކުރޫޒްލައިން އަތުވެއްޖެ

އައްޑޫއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ ކުރޫޒް ލައިނަރ އެސްޓޯރ ފޭދޫ ބޭރުގައި. ފޮޓޯ / ޝަރަފް

އައްޑު އަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ދެވަނަ ކުރޫޒްލައިން މިއަދު އައްޑު އަށް އަތުވެއްޖެ އެވެ.

އިއްޔެވެސް ވަނީ އައްޑޫއަށް ކުރޫޒް ލައިނެއް ޒިޔާރަތްކޮށްފައިއެވެ. އިއްޔެ "އެސްޓާ" ނަމަކަށް ކިޔާ ޖަރުމަނުގެ ކުރޫޒް ލައިނުން 321 މީހުން އައްޑޫ އަށް އައިސްފައިވާއިރު މިއަދު ޒިޔާރަތް ކުރި "އަލްބަޓްރޮސް" ކުރޫޒްގައި 768 ޕެސިންޖަރުން ތިބިކަމަށް މައުލޫމާތު ލިބެ އެވެ.

މިއަދު މި ޒިޔާރަތް ކުރި ކުރޫޒްން ފައިބާ ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމުތު ލިބެއެެވެ. މި ވަގުތު ގަމުގެ ބޮޑު ފާލަމާއި ދިމާލު ބޭރުގައި އަޅާފައި އޮތް ކުރޫޒުން މީހުން ފޭބުމަށް ތައްޔާރުވަމުން އަންނަ އިރު އެ ސަރަހައްދުގައި ބޮޑު ބެރުގެ ކުޅިވަރު ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.