Last Updated: July 25, 18:05
Sunday, July 26, 2026
ރިޕޯޓް

ބެލެނިވެރިންގެ ޗެކްލިސްޓަށް ސަމާލުވެވޭތަ؟

ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ކުރުމަށް ދަރިފުޅަށް އިރުޝާދު ދީ، އެކަމުގެ ނަމޫނާ ޢަމަލީ ގޮތުން ދައްކުވައިދެންތަ؟
ދަރިފުޅުގެ ކިބައިގައި ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވޭތޯ މަސައްކަތް ކުރަންތަ؟
ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް ދަރިފުޅަށް ހަނދާންކޮށްދެންތަ؟
އާދަވެ ދަރިފުޅަށް ހެޔޮ ނަސޭޙަތް ދެންތަ؟
ސްކޫލުގެ ކިޔެވުމާއި ބެހޭ ގޮތުން އަހާ އޮޅުންފިލުވަންތަ؟
ދަރިފުޅު ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އެ ކަންކަމަށް ތަޢުރީފު ކުރަންތަ؟
ދަރިފުޅަށް ފޮތެއް ނުވަތަ ވާހަކައެއް ކިޔައި ދިނުމަށް ކޮންމެ ދުވަހަކު ވެސް 15 މިނިޓްވަރު ހޭދަ ކުރަންތަ؟
ދަރިފުޅަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި އާދަވެ ދުޢާކުރަންތަ؟

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ. (ثلاث دعوات مستجابات لا شك فيهن: دعوة المظلوم، ودعوة المسافر، ودعوة الوالد على ولده) رواه أبو داود، والترمذي–

މާނަ : ”ތިން ދުޢާއެއް އިޖާބަވުމާއިމެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިފުޅުގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ.“

މަސްދަރު: އިލްމު.އެމްވީ