Last Updated: July 13, 13:43
Monday, July 13, 2026
ދުނިޔެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ބަދާވީ އަވަހާރަވެއްޖެ

މެލޭޝިއާފެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ ބަދާވީ މިއަދު އަވަހާރަވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 85 އަހަރުގައި އޭނަ އަވަހާރަވި އިރު، ޑިމެންޝިއާ އަށް ފަރުވާ ހޯއްދަވާތާ ވެސް ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. ބަދާވީ އަވަހާރަވީ ސިއްހީ ހާލު ދެރަވެގެން އިއްޔެ ކުއާލާ ލަމްޕޫރްގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދަނިކޮށެވެ.

ބަދާވީ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2003-2009 އަށެވެ. އޭނަ އަކީ އެ ގައުމުގެ ފަސް ވަނަ ބޮޑުވަޒީރެވެ.