Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ޔޫތު މިނިސްޓްރީން ޔޯގާ އިންސްޓްރަކްޓަރުން ހޯދަނީ

ޔޫތު މިނިސްޓްރީން ޔޯގާ އިންސްޓްރަކްޓަރުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އެއް އަހަު ދުވަހުގެ މުއްދަތަށް ބޭނުން ވަނީ ތިން އިންސްޓްރަކްޓަރުން ކަމަށާއި އެ މީހުން މަސައްކަތް ކުރަން ޖެހޭނީ މާލޭގެ އެފްއާރްސީގައި ކަމަށެވެ.

ޔޯގާ އިންސްޓްރަކްޓަރުންގެ މުސާރަ އަކީ މަހަކު 3،5004ރ. އެވެ. އެ މީހުން މަސައްކަތް ކުރަން ޖެހެނީ ހަފުތާއަކު 3 ދުވަހު ދުވާލަކު 1 ގަޑިއިރަށެވެ.

އެހެންވެ ޝައުގުވެރިވާ ޔޯގާ އިންސްޓްރަކްޓަރުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އާ ހަމައަށެވެ.

ޔޯގާ އިންސްޓްރަކްޓަރުންގެ އިތުރުން ޒުމްބާ އަދި އެރޮބިކްސް އިންސްޓްރަކްޓަރުންތަކެއް ވެސް ހޯދަން ބޭނުންވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.