Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަކުރާ މީދޫ ޓީމްއާއި ޖާޒީ ހަވާލުކޮށްފި

މިއަދު ހަވީރު ފަށާ މިނިވަން50 ޗެމްޕިއަންޝިޕްގައި ވާދަކުރާ މީދޫ ޓީމް އާއި ޖާޒީ ހަވާލުކޮށްފިއެވެ.

މީދޫ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ޓީމްގެ ޖާޒީ ކުޅުންތެރިންނާއި ހަވާލުކޮށްދިނީ ރަށުގެ އެކި ހިދްމަތްތެރީންނެވެ.

މީދޫ ޓީމްގެ ޖާޒީ ސްޕޮންސާކޮށްފައިވަނީ ސެޓްލިންކުންނެވެ. މި ހަފްލާގައި ޓީމްގެ ކެޕްޓަންއާއި ވައިސް ކެޕްޓަން އާއި ކެޕްޓަން ބޭންޑް ހަވާލުކުރުން އޮތެވެ.

މީދޫ ޓީމްގެ ކެޕްޓަން ބޭންޑް އަޝްރަފް އާއި ހަވާލު ކުރަނީ
މީދޫ ޓީމްގެ ކެޕްޓަން ބޭންޑް އަޝްރަފް އާއި ހަވާލު ކުރަނީ

މީދޫ ޓީމްގެ ކެޕްޓަނަކީ، މީދޫގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަޝްރަފް (އައްޝޭ)އެވެ. އައްޝޭ އަކީ، ހުރިއްޔާ ސްޕޯޓްސް ކްލަބާއި، ނިއުއަށް ކުޅެފައިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ.

ވައިސް ކެޕްޓަންގެ ބޭންޑް ހަވާލުކޮށްފައިވަނީ ކުޅިވަރު ދަނޑުގައި މީދޫގެ ޒުވާނުންނަށް ހުނަރާއި، ޑިސިޕްލިން ދައްކަމުން އަންނަ އަހަމްދު ފަރުހާދު (ފަރާ)އެވެ.
11041284_10207902285220832_1105470972123254590_n

މީދޫ ޓީމްގެ ކޯޗަކީ މަޝްހޫރު ކޯޗު ބޮޑު ހީނާއެވެ. ހީނާގެ ބެލުމުގެ ދަށުން ޓީމް ވަނީ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޓީމުން ބުނެއެވެ.

މީދޫ ޓީމްގައި ބިދޭސީ އަދި ރަށުން ބޭރުގެ ކުޅުންތެރިން ނުހިމެނެއެވެ.