ނ. ވެލިދޫގައި ޑަޔަލިސިސް ގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
ހިދުމަތް ފެށުމާ އެކު އެ ރަށު ވެލިދޫ ޞިއްޙީ މަރުކަޒުން މިއަދު މީހަކަށް ފަރުވާ ދީފައިވެ އެވެ.
ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާ އެކު މާލެ ފިޔަވައި 15 ރަށެއްގައި މިހާރު އެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ދެން އެންމެ އަވަހަށް ޑަޔަލިސިސްގެ ހިދުމތް ފަށާނީ ތ. ވޭމަންޑޫގައި ކަމަށެވެ. މި މަހުގެ ތެރޭގައި އެ ރަށުގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި ހއ. އިހަވަންދޫގައި ވެސް ޑަޔަލިލިސްގެ ހިދުމަތް ފަށާފައިވެ އެވެ.
ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށޭ އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ.