Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ލަނޑު ގޯންޏަކާއި އެކު ފޭޭދޫ ޓީމްގެ ފެށުން ރަގަޅު ކޮށްފި

މިއަދު ފެށި މިނިވަން 50 ޗެމްޕިއަންޝިޕް އައްޑޫ މުބާރާތުގެ ފުރަތަމަ މެޗް މަރަދޫފޭދޫ އާއި ބައްދަލުކޮށް 7-1 ލަނޑުން ފޭދޫ ޓީމް ކާމިޔާބްކޮށްފިއެވެ.

ފޭދޫ ދަނޑުގައި މިއަދު ކުޅުނު މެޗްގެ ފުރަތަމަ ހާފް ނިމުނު އިރުވެސް ފޭދޫ ޓީމުން ވަނީ 3 ގޯލް ޖަހާފައެވެ.

ފޭދޫ ޖެހި 7 ގޯލްގެ ތެރެއިން 4 ގޯލް ޖެހީ އިބްރާހިމް މަހުދީ (އިއްބެ) އެވެ. 2 ގޯލް އަަހްމަދު ސައީދު (އައްމަޓީ) ޖެހި އިރު 7 ވަނަ ގޯލް ކާމިޔާބްކޮށްދިނީ މުހައްމަދު އިބްރާހިމް (މުއްޓީ)އެވެ.

މަރަދޫ ފޭދޫގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ހުސެއިން ޝާމިން (ޝާނާ)އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ހިތަދޫ ފުޓްބޯޅަ ކްލަބާއި މީދޫ ޓީމެވެ. މި މެޗް ކުޅޭނީ މީދޫ ބޯޅަ ދަނޑުގައެވެ.