Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ބިދޭސީއަކަށް މަގުމަތިން ހަމަލާ ދީފި

މާލޭގެ މަގެއްގެ މަތީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ 12:00 ޖަހަން އުޅެނިކޮށް ކުރިކީލަ މަގުގައި ތޫނު އެއްޗަކުން ދިން ހަމަލާގައި ޒަހަމްވީ ނޭޕާލްގެ ފިރިހެނެއް ކަމަށެވެ.

އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމެން އަންނަ ކަމަށާއި ނަމަވެސް ސީރިއަސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މަގެއްގެ މަތިން ނޭޕާލް މީހަކަށް ހަމަލާދިން އިރު، މިދިޔަ ހަފުތާގެ ތެރޭގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނޭޕާލް މީހަކާއި ބަންގްލަދޭޝް މީހަކު ހިންގި މާރާމާރީއަކާ ގުޅިގެން ނޭޕާލް މީހާ ހައްޔަރުކޮށްފައިވެ އެވެ.