Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޓިކްޓޮކްގެ ޓީމާ ރައީސް ބައްދަލުކޮށްފި

ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ ޓިކްޓޮކްގެ އިސްވެރިންގެ ޓީމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެ ޓީމާ އެކި ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއެކު މަސައްކަތް ކުރެވޭނެ އެކި ދާއިރާތަކާ މެދު މަޝްވަރާކުރެއްވި ކަމަށެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކަށްވާ އިރު، ޓިކްޓޮކް ފަދަ ފްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހުކޮށް ދިނުމަކީ ސަރުކާރުން ފަހިުކޮށް ދޭން ނިންމާފައިވާ ކަމެކެވެ.

ރައީސްގެ ބައްދަލުވުމުގައި ޓިކްޓޮކްގެ ޓީމުން ބުނީ އެ އަމާޒަށް ވާސިލުމަށް އެ ކުންފުންނިން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.

ޓިކްޓޮކްގެ ޓީމުން އިކޮނޮމިކް މިނިސްޓްރީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.