Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ވިކްޓަރީ ބަލިކޮށް މާޒިޔާ ސެމީއަށް!

ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މާޒިއާ އާއި ވިކްޓްރީ ބައްދަލު ކުރި މެޗް 0-2 ލަނޑުން ކާމިޔާބްކޮށް ސެމީފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް މާޒިޔާ ވެއްޖެއެވެ.

މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއަށް ކާމިޔާބް ކޮށްދިނީ އެޓީމްގެ ބބިދޭސީ ކުޅުންތެރިއާ ޕަބްލޯ ރޮޑްރިގޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބްކޮށްދިނީ އުމެއިރު ފޮނުވާލި ބޯޅަ ކީޕަރު ވިކްޓްރީގެ ކީޕަރު ޠޮލާލް ނިކުމެ އަތުން ފޮނުވާލުމުން އޭރިއާގެ ތެރޭގައި ހުރެ ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ.

މާޒިޔާގެ ދެވަނަ ލަނޑު ޖެހީ އެޓީމްގެ ބަދަލު ކުޅުންތެރިއާ މޫސާ ޔާމީންއެވެ.

މި މެޗްގައި ވިކްޓްރީގެ ކީޕަރު ޠޮލާލްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޠޮލާލްއަށް ރަތްކާޑު ދެއްކީ މާޒިޔާގެ ކެޕްޓަން އަސަދުއްﷲ އަށް ޕެނަލްޓީ އޭރިޔާ ބޭރުން ކުރި ފައުލަކާއި ގުޅިގެންނެވެ. އެހެންވެ ދެވަނަ ހާފްގެ ބޮޑުބައި ވިކްޓްރީ ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއިއެކުގައެވެ.
DSC_7342

މެޗްގައި ދެ ޓީމުންވެސް ފެނިގެން ގޮސްފައިވަނީ ހަމަ ހަމަ ކުޅުމެކެވެ. މި މެޗްގައި ވިކްޓްރީންވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މާޒިޔާ ވަނީ މިއަދުގެ މެޗާއި އެކު 6 ޕޮއިންޓާއެކު ސެމީފައިނަލް ކަށަވަރުކޮށްފައެވެ. ވިކްޓްރީ ބަލިވި ނަމަވެސް ސެމީއަށް ދިއުމުގެ ފުރުޞަތު އަދި ނުގެއްލެއެވެ.
DSC_7313

މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހުގެ މެޗްގައި ބައްދަލު ކުރާނީ މާޒިޔާއާއި ކްލަބް އީގަލްސްއެވެ.