Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަތުލިޔުމުގެ މުބާރާތަށް ހުޅުވާލައިފި

މި އަހަރުގެ އަތުލިޔުމުގެ މުބާރާތަށް ދިވެހި ބަހުގެ އެކަޑެމީން ހުޅުވާލައިފި އެވެ.

މި މުބާރާތް އަމާޒުކޮށްފައި ވަނީ ދައުލަތުގެ އޮފީސްތަކަށާއި 18 އަހަރުން މަތީގެ މީހުންނަށެވެ. މުބާރާތުގައި ބައިވެރިވާން ޝައުގުރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމަށެވެ.

ދިވެހި ބަހުގެ އެކަޑެމީން ބުނީ މުބާރާތުގައި ބައިވެރިވާ މީހުން ފޯމާ އެކު އަތުލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަތުލިޔުމުގެ މުބާރާތް މިދިޔަ އަހަރު ވެސް ބޭއްވި އެވެ.