Last Updated: April 30, 21:06
Wednesday, April 30, 2025
ޚަބަރު

އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވަނީ ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަންކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ އޭޕްރިލް 18 ވަނަ ދުވަހު އެވެ.

މި ސަރުކާރުން ދާދިފަހުން ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަންދު ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލާފަ އެވެ. މިއާއެކު އިތުރު ގަޑީގެ ފައިސާ ދިނުމުގެ މައްސަލައަށް ގާތްގަނޑަކަށް ވަނީ ހައްލެއް ލިބިފަ އެވެ.