Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ފުރާޅަކަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދެނީ

މާލޭގެ ގެއެެއްގެ ފުރާޅު މައްޗަށް ވެއްޓުުނު އަންހެނަލަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބުނީ 7:30 އުޅެނިކޮށް ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު އެ މީހާ ނަގައި އައިޖީއެމްއެޗަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނި ގޮތުގައި ފުރާޅުމައްޗަށް ވެއްޓިފައި އޮތީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. ނަމަވެސް އޭނަ ވެއްޓުުނު ގޮތަކާއި ލިބުނު ގެއްލުމުގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް މިކަން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.