ރިސޯޓަކުން މިއަދު ކިނބުލެއް ފެނިއްޖެ އެވެ.
ކިނބޫ ފެނިފައި ވަނީ ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ވަރު ބައި އެޓްމޮސްފިޔާއިންނެވެ.
ކިނބޫ ފެނިގެން ކުރި ރިޕޯޓާ ގުޅިގެން ސިފައިން މިހާރު ކިނބޫ ހިފާފައިބާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރިސޯޓުން ފެނުނު ކިނބޫ ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އޭގައި ފެންނަނީ ގާތްގަނޑަކަށް ހައެއްކަ ފޫޓުގެ ކިނބުލެއް, ހިލަ ތޮށިގަނޑުމަތީ މޫދަށް ފައިބާ މަންޒަތެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެނުފައިވެ އެވެ.