ނ. ކެނދިކުޅުދޫގައި ހަދަން ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ޖުމްލަ 86،000 އަކަފޫޓްގެ ބިމެއްގައި މި ޖޫނިއާ ކޮލެޖް ހަދަނީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއިންނެވެ.
މި މަޝްރޫޢު ވިލާ އެޑިޔުކޭޝަނަލްއާ ހަވާލުކުރީ 2022 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ކެނދިކުޅުދޫ ޖޫނިއާ ކޮލެޖް ޚާއްސަކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެތަނުން ހިންގާނެ އެވެ.
މި މަޝްރޫއުގެ ހުރިހާ ފިޔަވައްސެއް ނިމޭއިރު ޖޫނިއާ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެއެވެ. ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ހުންނާނެ އެވެ. އަދި މަދުވެގެން ހަ ކްލާސް ރޫމާއި ސީޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއް ވެސް ހުންނާނެ އެވެ.