Last Updated: July 15, 17:38
Tuesday, July 15, 2025
ޚަބަރު

އައްޑޫގައި ހޭންޑްބޯލް ކޯޗިން ކޯހަކަށް ހުޅުވާލައިފި

އައްޑޫ ފޭދޫގައި ބާއްވަން ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޗިން ކޯހެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ކޯހަކީ ހޭންޑްބޯލް މޯލްޑިވްސް އާއި މޯލްޑިވްސް ނެޝަނަލް އިިންސްޓިޓުއުޓް އޮފް ސްޕޯޓްސްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް ގުޅިގެންވާ ބާއްވާ ކޯހެކެވެ.

މި މަހުގެ 29 އަންނަ މަހުގެ 9 އަށް ބާއްވަން ހަމަޖެހިފައިވާ ހޭންޑްބޯލް ކޯހުގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ.

މިނިސްޓްރީން ބުނީ އައްޑޫގެ މީހުންނަށް ކޯހުން އިސްކަން ދޭނެ ކަމަށެވެ.