Last Updated: May 8, 18:04
Thursday, May 8, 2025
ދުނިޔެ

ކޭއެފްސީއާ ދެކޮޅަށް ޕާކިސްތާންގައި މުޒާހަރާ

ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ އިޒްރޭލަށް ވާގިދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީއާ ދެކޮޅަށް ޕާކިސްތާންގެ މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ ގައުމުގައި ކޭއެފްސީ ބޮއިކޮޓް ކުރަން ގޮވާލައި އިއްޔެ ވެސް ވަރުގަދަ މުޒާހަރާތަކެއް ޕާކިސްތާންގެ އެކި ހިސާބުތަކުގައި ބާއްވާފައިވެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްގައިވާ ގޮތުގައި މުޒާހަރާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައިވާ އިރު، މުޒާހަރާއެއްހެ ތެރޭގައި މީހަކު ވެސް މަރު ވެސް ވެފައިވެ އެވެ.

ޕާކިސްތާންގައި ކޭއެފްސީއާ ދެކޮލަށް ފެށި މުޒާހަރާތަކުގައި އެ ގައުމުގައި ހުރި ކޭއެފްސީގެ އައުޓްލެޓްތަކަކަށް ބަޔަކު ހަމަލާ ދޭން ވެސް މަސައްކަތްކޮށްފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތަލަތު ޗައުރަދީ ބައެއް މީޑިއާތަކަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ވިއްކަސަށް އައުޓެލްޓަކަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ކަރާޗީގައި ހުރި ކޭއެފްސީގެ ދެ ތަނެއްގައި ރޯކޮށްލާފައިވެ އެވެ.

ފަލަސްތީނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް، ޕާކިސްތާންގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި ނުފޫޒު ގަދަ އެކި ފަރާތްތައް ވެސް ހިމެނެ އެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންމ ކޭއެފްސީ ހިމެނޭ ގޮތަށް ހުޅަނގުގެ ވަރަށް ގިނަ މަޝްހޫރު ކުންފުުނިތަކާ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮއިކޮޓް ހަރަކާތްތަކެއް ހިންގާފައިވެ އެވެ. މިކަމާ ގުޅޭ އެފަދަ ކުންފުނިތަކަށް ފާއިތުވި މުއްދަތުގެ ތެރޭގައި މާލީ ބޮޑެތި ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ.