Last Updated: April 30, 10:23
Wednesday, April 30, 2025
މުނިފޫހިފިލުވުން

'ސިތާރޭ ޒަމީން ޕަރް' ޖޫން 20 ގައި

ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" އަންނަ ޖޫން މަހުގެ 20 ގައި ގެނެސްދޭ ގޮތަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ފިލްމުގެ ޓްރެއިލާ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ އަޖޭ ދޭވްގަން "ރެއިޑް 2" އާ އެކު އާންމުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަން އަދި "ސިޔާތޭ ޒަމީން ޕަރް" ގެނެސްދޭ އާމިރު ޚާން ޕްރޮޑަކްޝަނުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ 2022 ގެ "ލާލު ސިންގް ޗައްޑާ" އަށް ފަހު އާމިރު، 60، ކުޅުނު ފުރަތަމަ ފިލްމެވެ. އާރްއެސް ޕްރަސައްނާ ޑައިރެކްޓްކޮށްފައިވާ "ސިތާރޭ ޒަމީން ޕަރް" އަކީ ސްޕެއިންގެ 2018 ގެ ސްޕޯޓްސް ޑްރާމާ "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މީގައި ދައްކު ދެނީ ޑައުންސިންޑްރޯމާއި އޯޓިސްޓިކްގެ ޝިކާރައަކަށްވެފައިވާ ބާސްކެޓް ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ގޮވައިގެން ކޯޗަކު ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކުރަން ކުރާ އާދަޔާހިލާފު ޖަޒުބާތީ މަސައްކަތްތަކެކެވެ. އާމިރު ބުނެފައިވާ ގޮތުގައި "ސިތާރޭ ޒަމީން ޕަރް ވާނީ" އޭނަ 2007 ގައި ގެނެސްދިން "ތާރޭ ޒަމީން ޕަރް" ހާ ޖަޒުބާތީ ފިލްމަކަށެވެ.

އެހެންވެ މިއީ ބެލުންތެރިން ފެންކަޅިކޮށްލާނެ ފިލްމެއް ކަމަށާއި ފިލްމާ މެދު ކުރެވޭ އުންމީދުތައް ބޮޑު ކަމަށް ހުނަރިވެރި އެކްޓަރު ބުންޏެވެ.

"ތާރޭ ޒަމީން ޕަރް" ގައި އާމިރާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޖެނީލިއާ ދި ސޫޒާ އެވެ.