Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

އޯ ލެވެލް އިމްތިހާނު ފަށައިފި

ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް މިއަދު އިމްތިހާނު ހޯލުގައި. ފޮޓޯ/ ޝަރަފުއްދީން ސްކޫލް

މި އަހަރުގެ އޯ ލެވެލް އިމްތިޙާން މިއަދު ފަށައިފި އެވެ.

މި އަހަރުގެ ކެމްބްރިޖް އޯ ލެވެލް އާއި އެސްއެސްސީ އިމްތިޙާނުގައި 8،362 ދަރިވަރުން ބައިވެރިވެ އެވެ. ކެމްބްރިޖް އިމްތިޙާނުގައި 7،666 ދަރިވަރުން ބައިވެރިވާ އިރު އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7،519 ދަރިވަރުން ބައިވެރިވެ އެވެ.

އޯ ލެވެލް އިމްތިޙާނު މިއަދު ފެށި މި އިމްތިހާނަށް ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުް ދުރާލައި ވަރަށް ބޮޑަށް ތައްތާރުވި އެވެ. އެގޮތުން ބައެއްސްކޫލްތަކުން، ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ސްޓަޑީ ކޭމްޕްތައް ވެސް ކުރިއަށް ގެންސްފައިވެ އެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޯ ލެވެލް އިމްތިހާނު 260 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ދާނެ ކަމަށެވެ. އެއީ މާލެ ސަރަޙައްދުގެ 23 ސެންޓަރަކާއި، އަތޮޅުތެރޭގެ 237 ސެންޓަރެކެވެ.

އިމްތިހާނު ކުރިއަށް ދާނީ ޖޫން 11 އާ ހަމައަށެވެ.

އޯ ލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވި އެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވި އެވެ. މިދިޔަ އަހަރު އޯ އާއި އެސްއެސްސީ އިމްތިހާނު ހެދީ 256 ސެންޓަރެއްގަ އެވެ.