Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބޮޑު ޖަމާއަތުގައި މީދޫގައި އަޟްހާ އީދު ނަމާދު ކުރަނީ

ނޫރުލް އިސްލާމްގެ ފަރާތުން މިދިޔަ ފިޠުރު އީދު ސްޓޭޑިއަމްގައި ކުރަނީ.

މީދޫގައި ބޮޑު ޖަމާއަތެއްގައި އަންނަ އަޟްހާ އީދު ނަމާދު ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެމުން އީދު ނަމާދު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އިސްބޭފުޅަކު ބުނީ މިފަހަރުވެސް އީދު ނަމާދު ބާއްވާނީ މީދޫ ފުޓްބޯޅަ ދަނޑުގައި ކަމަށެވެ. މިކަމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން އަންނަ އިރު، ބިންމަތީގައި އަޅާ ތަރުފާލު އާއި ސައުންޑް ސިސްޓަމް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އީދު ނަމާދަށް ފަހު ހާއްސަ ހެނދުނުގެ ސަޔެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

މީދޫގައި 2013 ވަނަ އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވެއެވެ. އެފަހަރު ބޭއްވުނު އީދު ނަމާދު އިމާމުވެ ކޮށްދެއްވާފައިވަނީ ޠައްޔިބު އަބްދުލް ހަކީމެވެ.