Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ޕްރެޒިޑެންޓް ކަޕް: ގްރޫޕް ބީ އެއްވަނަ މާޒިޔާ، ދެވަނަ އީގަލްސްއަށް!

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗްގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޝަރަފް

އައްޑޫ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތު ގްރޫޕް ބީގެ އެއްވަނަ ޓީމަކަށް މާޒިޔާ ހޮވުނު އިރު އެ ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި އީގަލްސް ސެމީ ފައިނަލް ކަށަވަރު ކޮށްފިއެވެ.

މި ގްރޫޕްގެ ސެމީއަށްދާ އެއްވަނަ އަދި ދެވަނަ ޓީމް ކަށަވަރުވީ މިއަދު ކުޅުނު އީގަލްސް މާޒިޔާ މެޗް 1-1 ލަނޑުން އެއްވަރުވުމުންނެވެ.
DSC_7579
މިއަދުގެ މެޗްގައި ލަނޑު ޖަހާނެ މާ ތަނަވަސް ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައި ނުވެއެވެ.

މެޗްގެ ފުރަތަމަ ލަނޑު 42 ވަނަ މިނިޓްގައި އީގަލްސްއަށް ކާމިޔާބްކޮށްދިނީ އެޓީމްގެ ކެޕްޓަން އިސްމާއިލް އީސާ(މެސީ)އެވެ. މި ޕެނަލްޓީއަކީ މާޒިޔާގެ ޑިފެންޑަރ ޓޯނީ އިސްމާއީލް އީސާއަށްކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-0 ލަނޑުން އީގަލްސް ކުރީގައި އޮވެގެންނެވެ.

މާޒިޔާއިން އެއްވަރު ކުރި ލަނޑު ޖެހީ މެޗްގެ 83 ވަނަ މިނިޓްގައި އަސަދުއްﷲއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ލަނޑު މާޒިޔާއަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް މުހައްމަދު އުމައިރުއެވެ.

މާދަމާ ކުޅޭނީ މިގްރޫޕުން ކަޓާފައިވާ ވެލެންސިއާ އަދި ވިކްޓްރީގެ މެޗެވެ.