Last Updated: April 30, 11:59
Wednesday, April 30, 2025
ޚަބަރު

އެގްރިކަލްޗަ މިނިސްޓްރީ ރެއިޑްކޮށްފި

އެގްރިކަލްޗަ މިނިސްޓްރީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން މިއަދު އެ މިނިސްޓްރީ ރެއިޑްކޮށްފި އެވެ.

އެ ރެއިޑާ ގުޅިގެން ވެލާނާ ބިލްޑިންގުގައި ހިންގަމުން އަންނަ, އެގްރިކަލްޗާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެންދުރުން ފެށިގެން, އެ އޮފީހުގައި އޭސީސީ އާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިނިސްޓްރީ ރެއިޑްކުރީ 2018 އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

އެގްރިކަލްޗާ މިނިސްޓްރީ އަކީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ތެރެއިން ހިންގަމުން އައި ތަނެކެވެ. ފިޝަރީޒް އާއި އެގްރިކަލްޗާ ވަކި ކުރީ މި ސަރުކާރުގަ އެވެ.

ދެހާސް އަށާރައިން ފެށިގެން 2023 އާ ހަމައަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ ހިންގެވީ ޑރ. ހުސައިން ރަޝީދު ހަސަނެވެ. މިހާރު އެގްރިކަލްޗަ މިނިސްޓަރަކީ ޑރ. މަރިޔަމް މާރިއާ އެވެ.