Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާދަމާގެ މަޖިލިސް ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މާދަމާގެ ޖަލްސާ ކެންސަލް ކޮށްފައި ވާކަން މެމްބަރުންނަށް އެންގީ މެސެޖަކުންނެވެ. ނަމަވެސް ޖަލްސާ ކެންސަލް ކުރި ސަބަބެއް އަންގާފައެއް ނުވެ އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ މިދިޔަ ހަފުތާގައި ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. ޖަލްސާތައް ކެންސަލް ކުރާތީ ބައެއް މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް ކޮމިޓީތަކުން މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.