Last Updated: April 30, 09:31
Wednesday, April 30, 2025
ޚަބަރު

ރައީސްގެ ވަޓްސްއެޕް ޗެނަލާ ގުޅެން ދައުވަތު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލަށް ވަނުމަށް އާންމުކޮށް ހުރިނާ އެންމެނަށް ހުޅުވާލައިފި އެވެ.

އެކަން ހިއްސާ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ޗެނަލަކީ ސަރުކާރާ ގުޅުން ހުރި، ކޮންމެ ދުވަހެއްގެ އަދާހަމަތަކާއި، މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ހިއްސާ ކުރެވޭ ޗެނަލެއް ކަމަށެވެ.

އެގޮތުން ޗެނަލަށް ވަންނަން ބޭނުންވާ ފަރާތްތަކާ ލިންކެއް ހިއްސާކުރައްވާފައިވެ އެވެ.

ރައީސްގެ މި ވަޓްސްއެޕް ޗެނަލް ހެދީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެެއާ މިހާރު ވެސް 1200 އަށް ވުރެ ގިނަ މީހުން ގުޅިފައިޗެ އެވެ. މި ޗެނަލްގައި ރައީސް ކުރައްވާފައި ހުންނަ ޕޯސްޓުތަކާއި، ރައީސް އޮފީހުން ހިއްސާ ކުރައްވާ އެންމެ ފަހުގެ ޚަބަރުތަކާއި، މިނިސްޓްރީތަކުން ކޮށްފައިވާ ޕޯސްޓުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެ އެވެ.